Pray for Maldives

Your Life is a Reflection of the Choices You Make !!!

Monday, July 26, 2010

އިޓަލީގައި ބޭއްވުނު ސިއްރު ބައްދަލުވުމުގެ ޚަބަރު



ރޯމްގައި ބޭއްވުނު ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަޅުގަޑުމެން ލޮބުވެތި ރައީސް 22ޖޫން2010 ގައި އިޓަލީވިލާތަށް ވަޑައިގަތެވެ. މިދަތުރުފުޅުގެ ޚަބަރުތަށް ވަރަށް ތަފްސީލް ކޮން ރައީސް އޮފީހުގެ ވެބްސައިޓްގައި ދުވަހުން ދުވަހަށް ސާއިއު ކުރައްވަމުން ގެންދެވިއެވެ. ތިރީގައި އެވަނީ މި ދަތުރުފުޅާއި ބެހޭ ލިންކް އެވެ.އ


ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ މިކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ފާހަގަކުރެވޭ ވަރަށް މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑާއިގަތެވެ. މީގެ ތެރޭގައި ރޯމްގެ އެންމެ އިސް ޕޯޕް އާއި ވަރަށް ސިއްރިޔާތުގައި ބައްދަލު ކުރެއްވި ކުރެއްވުން ހިމެނެއެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދް މިހާރު ރާއްޖޭގައި ހިގަމުންމިދާ ސިޔާސީ ހަލަބޮލިކަމުގެ ވާހަކަ ޕޯޕާއި ޙިއްސާކޮށްލެއްވިއެވެ. އަދި ޕޯޕް ރާއްޖެއަށް ޒިޔާރަތް ކުރައްވަން ދައުވަތު އެރުވިއެވެ. މިކަމަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީއްސުރެ އުންމީދު ކުރަމުންވަމުންދާ ކަމެއްކަމުގައި ޕޯޕް އަރިއަހުގައި ދެންނެވިއެވެ. މިބައްދަލުވުންނިއްމަވާލެއްވީ ޕޯޕުގެ ހެޔޮ އެދުމަށް ރައީސް ނަޝީދް އެދި ރައީސްގެ ސަލާމަތަށް ޕޯޕް "ބުލެސް" ކުރެއްވުމަށްފަހު އެވެ.އ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ 25 ޖޫން 2010 ގައި އެވެ. ލޮބުވެތި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިޓަލީވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.އ

2 comments:

  1. Everyone knew that he visited the pope. After all it's his pope too. Y not. Anyone would have done it given the oppotunity. So Wat?

    ReplyDelete
  2. ha ha ha. this is funny. is it really true?

    ReplyDelete

You are welcome to comment on the articles that are posted on this Blog. But please be discrete and do not be abusive, I love to have decent comments. We are at this time Praying for Maldives, and whish to be humble. Like Nasheed said, Humbled in Success - Killer mode thereafter.